ކުރީ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެއް އެޅުމަށް އިއުލާންކުރި ނަމަވެސް އެއިން އެއްވެސް ފްލެޓެއްގެ މަސައްކަތް ފަށާފައި ނުވާ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫޢުގެ 7000 ފްލެޓްގެ ތެރޭގައި އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެއް ހެދުމަށް އިއުލާންކޮށްފައިވީ ނަމަވެސް އެ ފްލެޓްތަކުގެ މަސައްކަތް ފަށާފައި ނެތް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށް ޚާއްޞަ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކާއި ދަފުތަރަށް އެއް ކޮޓަރި އަދި އަލަތު ކައިވެނީގެ ކެޓަގަރީއަށް ޚާއްޞަ އެއް ކޮޓަރީގެ އެޕާޓްމަންޓުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެއް ކޮޓަރީގެ އެއްވެސް ތަނެއް ހިޔާ މަޝްރޫއުގެ ދަށުން އަޅާފައެއް ނެތްކަން އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން. ތިބޭފުޅުން ބަލާލިޔަސް ފެންނާނެ އެތާ ހުރީ މުޅިން ވެސް ދެ ކޮޓަރީގެ ފްލެޓުތަކެއް." އަސްލަމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ފްލެޓްތައް ދީފައި ވަނީ އެންމެ ހައްގުވެރިންނަށްތޯ ބެލުމަށް މި ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދާފަ އެވެ. އެ ކޮމިޓީން އަންނަނީ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދަން ހަވާލުކޮށްފައިވަނީ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އަށެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ޖުމްލަ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ) ގެ ލޯނެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު