ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓުތައް އިއުލާންކުރުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފަށާނެ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓުތައް އިއުލާންކުރުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފަށާނެ ކަމަށާއި، ހިޔާގެ ފްލެޓްތަކަށް ހުށައެޅި ފޯމްތައް ބަލައި އިވެލުއޭޓުކޮށް އަދި ގޭގެއަށް ޒިޔާރަތްކޮށް ހާލަތުބަލައި ކެޓަގަރީތައް ނިމެމުންދާ ވަރަކުން، ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރަމުން ގެންދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ހިޔާ މަޝްރޫއުން ފްލެޓް ދީފައިވާ ގޮތް ބެލުމަށް ރައީސް އެކުލަވާ ލައްވާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް 21،000 ފޯމް ވެރިފައިކޮށްފައިވާ އިރު އަދި 3،340 އެޕްލިކޭޝަން ވެރިފައި ނުކުރެވިވާ ކަމަށެވެ.
ދިރިއުޅުމުގެ ފެންވަރު ބެލުމަށް ވެސް އެ ކޮމިޓީއިން ނިންމާފައިވާ އިރު މިނިސްޓަރު ވިދާޅުވީ ދިރިއުޅުމުގެ ފެންވަރު ބެލުމަށް އަދި 60 ޕަސެންޓް ގޭގެއަށް ޒިޔާރަތްކުރެވިފައި ނުވާ ކަމަށެވެ. އެކަން މަޑު ޖެހިފައި އޮތީ، ކޯވިޑް-19ގެ ސަބަބުން މާލެ ފުރަބަންދު ކުރުމާ ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިޔާ ފްލެޓްތައް ލިބޭ ހުރިހާ ފަރާތްތަކެއް އިއުލާނުކޮށް ނިމޭނެ ކަމަށާއި، އެހެން ނަމަވެސް އެތަނުގައި ދިރިއުޅެން ފެށޭވަރުވާނީ އަދިވެސް އަށެއްކަ މަސްދުވަސް ފަހުން ކަމަށެވެ. ހިޔާ މަޝްރޫއުގެ 25 ބުރީގެ 16 ޓަވަރުގެ ކަރަންޓާއި ފެނާއި އެހެނިހެން ޔޫޓިލިޓީސް މަސައްކަތްތައް ނިންމުމަށް، އަށެއްކަ މަސް ދުވަސް ކޮންޓްރެކްޓަރ ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލޭގައި 21013 އާއިލާ ދިރިއުޅެނީ ދިރިއުޅެން އެކަށީގެން ނުވާވަރުގެ ކުދި ތަންތަނުގައި ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 15 ޕަސެންޓް އާއިލާއަކީ ފަގީރުންގެ މިންގަނޑަށް ފެތޭ އާއިލާތައް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މާލޭގައި ވަރަށް ދަތި ހާލުގައި މީހުން އުޅެމުން އަންނަ ކަމަށާއި އެގޮތުން 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅު ކޮޅުގައި އުޅޭ 21013 އާއިލާ މާލޭގައި އެބަތިބި ކަމަށެވެ. އަދި އެ އެންމެނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި މަސައްކަތް ކުރަމުންދާނީ އެ އެންމެނަށް ވެސް ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު