ވެށިފަހި ޕްރޮގްރާމާ ގުޅޭ ދައުލަތުގެ ބައެއް ލިޔެ ކިޔުންތައް ހައުސިން މިނިސްޓްރީގައި ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ވެށިފަހީގެ ނަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން މާލެއިން ބިން ދޫއްކޮށްލާ ފަރާތްތަކަށް އެ ބިމުގެ ބަދަލުގައި ހުޅުމާލެއިން ބިން ދޫކުރުމަށްވަނީ ނިންމާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނސްޓަރު އަސްލަމް ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމްގެ ބައެެއް ލިޔެކިޔުންތައް ހައުސިން މިނިސްޓްރީގައި ނެތް ކަމަށެވެ.
"ބައެއް ލިޔެ ކިޔުންތައް ބައެއް ބޭބޭފުޅުންގެ އަތްޕުޅުގައި ހުރެދާނެ، އެހެން ނަމަވެސް އެ ނެތްކަން އެއީ ވަރަށް ހިތާމަ ކުރަންޖެހޭ ކަމެއް. ދައުލަތުގެ ލިޔުން ސަރުކާރު ބަދަލުވި ކަމުގައިވިޔަސް ދައުލަތުގެ ތެރޭގައި ރައްކާ ކުރެވިފައި ހުންނަން ޖެހޭނެ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ދައުލަތުން ސައްހަ ލިޔުމެއްކަން ކަށަވަރު ކުރެވޭނެ ލިޔުމެއް ހުށަހަޅައިފި ފަރާތްތަކަށް އެ ލިޔުން ވެރިފައި ކުރުމަށްފަހު އޭގައި ބަޔާންކޮށްފައިވާ ގޮތަކަށް އަމަލުކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ވެށިފަހި މާލެ ޕްރޮގްރާމާ ގުލޭ ގޮތުން ޝަކުވާ ހުށައެޅުމަށް ހުޅުވާލުމުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 98 ޝަކުވާއެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމަށް 507 ފަރާތެއް މާލެއިން ބިން ދޫކޮށްލާ ގޮތަށް ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަަމަށާއި 245 ފަރާތަކަށް މާލެއިން ބިން ދޫކޮށްލާ ގޮތަށް ހުޅުމާލެއިން ބިން ލިބިފައިވާ ކަމަށާއި، 101 ފަރާތެއް އަރަބިއްޔާ އަދި ގާކޮށި ފްލެޓަށް ވަދެފައިވާ ކަމަށާއި 98 ފަރާތަކަށް ހުޅުމާލެއިން ފްލެޓްތަކަށް ވަދެވުނު ކަމަށެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ލިބިފައި އޮތް ތަންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވެހިކަން ހަމަނުޖެހޭ ފަރާތްތަކުން މި ހަފްތާގެ ބުރާސްފަތިި ދުވަހުގެ ނިޔަލަށް ލިޔެކިޔުންތައް ހުށައެޅުމަށް ހައުސިން މިނިސްޓްރީން މިހާރު ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު