އަހުމަދު ޔާމިން   7 ޖުލައި 2020 - 14:33
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ވ). އާއި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ (ކ)
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ވ). އާއި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ (ކ)
ރާއްޖެއިން ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށާއި، އިޤްތިޞާދީގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ވަމުންދާ އެހީތެރިކަމަށްޓަކައި އެމެރިކާ ސަރުކާރަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރެއްވީ، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ އާ ފޯނުން ގުޅުއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ. ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕޮންޕިއޯ އާއެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެއްވުނު ކަމަށެވެ. އަދި ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށާއި އިޤްތިޞާދީގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ވަމުންދާ އެހީތެރިކަމަށްޓަކައި އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



މި ބައްދަލުވުމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި، ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ ވަނީ، ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެމެރިކާއިން އެއްބާރުލުން ދެމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޕޮމްޕިއޯއާއި ފޮރިން މިނިސްޓަރ ޝާހިދާއި ދެބޭފުޅުން ކުރެއްވި ފޯނު ކޯލުގައި މަޝްވަރާކުރެއްވި ކަންތައްތަކާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.



މިބަޔާނުގައި ވާގޮތުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން، އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުންދީ، މުހިންމު ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ވަނީ ބުނެފައެވެ. ޚާއްސަކޮށް ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި، ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ދެމުންދާ އެހީތަކާއި އަދި އިތުރަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް މި ބަޔާނުގައިވެއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމާއިބެހޭ ގޮތުންނާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.



ރާއްޖެއާއިއެކު އެމެރިކާއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން