ވެރިކަންކުރާ އެކި ނިޒާމުތަކުގެ ތެރެއިން ކްލެޕްޓަކްރަސީއަކީ ހުދުމުހުތާރު، އަނިޔާވެރި ވެރިކަމުގެ ނިޒާމުތަކުގެ ތެރެއިން ނިޒާމެކެވެ. މި ނިޒާމުގެ މާނަ ކިޔައިދޭއިރު، އޭގެ ތެރޭގައި އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި، އަމިއްލަ އެދުމަށް ނުފޫޒާއި ބާރުތައް ބޭނުންކުރުން ފަދަ ބަސް ހިމެނޭނެއެވެ.
މި ޒަމާނުގައިވެސް މިފަދަ ވެރިކަންކުރާ ޤައުމުތައް މަދުން ނަމަވެސް ފެނެއެވެ. ބައެއް އިލްމީ ބޭފުޅުން ސިފަކުރާ ގޮތުގައި މި ޒަމާނުގައިވެސް ކްލެޕްޓަކްރަސީ ދަނީ ފާޅުވަމުންނެވެ. އެގޮތުން އާންމު މަސްލަހަތު ހިމާޔަތްކުރަން އުފައްދާފައި ހުންނަ މުއައްސަސާތައް މަދު ބައެއްގެ މަސްލަހަތު ފުއްދުމަށް ބޭނުންކުރަން ފަށާ ހިސާބުން އެ ތަނެއްގައި ކްލެޕްޓަކްރަސީ އެ ދަނީ އަށަގަންނަމުންނެވެ.
އެފަދަ ތަނެއްގައި މަޤާމާއި ނުފޫޒު ބޭނުންކޮށްގެން ނޫންގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. އެފަދަ ވެރިކަަމަކާއި އެއްކޮޅަށް ތިބޭ ބަޔަކަށް ދޭ އެއްޗެއް ދޭނީވެސް ނުފޫޒާއި ބާރުންނެވެ. އަދި ދެކޮޅު ހަދާ މީހަކަށް ބިރުވެސް ދައްކާނީ އެ ބާރުތަކުގެ ބޭނުންކޮށްގެނެވެ.
ރާއްޖެއަށް ބަލާއިރު އަބަދުވެސް ފެންނަނީ ދީމުގްރާތީ ވެރިކަމެއް ކުރާކަމަށް ބުނާ މަންޒަރެވެ. ރައީސް މައުމޫން 1978 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ތަޤްރީރުގައިވެސް ވިދާޅުވީ އެ މަނިކުފާނުވެސް ކުރައްވާނީ ޑިމޮކްރެޓިކް ވެރިކަމެއްކަމަށެވެ. ނަމަވެސް އެ ވެރިކަމުގައި ޑިމޮކްރެޓިކް ސިފަތައް ހުރި މިންވަރު ދިވެހިންނަށް އެނގޭނެއެވެ.
މިިދިޔަ 40 ވަރަކަށް އަހަރު ރާއްޖޭގައި ވެރިކަން ކުރި ފަރާތްތަކުގެ ކިބައިންވެސް ފެނުނު އެއްގޮތް މަންޒަރެއް އެބައޮތެވެ. އެއީ ވެރިކަމާއި ދެކޮޅަށް ކިރިޔާވެސް ބަސް ބުނެލާ ވިޔަފާރިތައް ފުނޑާލާ، އެ މީހެއްގެ ދުވަސް ދުއްވާލާން މަސައްކަތްކުރާ މަންޒަރެވެ. ވެރިކަންކުރި އެއްވެސް މީހަކު މިކަމަށް އެއްބަހެއް ނުވާނެއެވެ. ނަމަވެސް މިކަމާއި ދެބަސްވާނެ އާއްމު ރައްޔިތަކު ހުރިހެން ހިއެއް ނުވެއެވެ.
ފަހުގެ ތާރީހެއްގައި މިފަދަ ކަންކަން ކުރިމަތިވާ މަންޒަރު ފެންނަނީ އެންމެ ބޭފުޅަކަށެވެ. އެއީ ގިނަ ދިވެހިންތަކަކަށް އެކި ގޮތްގޮތުން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ، އަދި މިހާރުވެސް އަގު ނުކުރެވޭ އެތައް ހިދުމަތްތަކެއް ދިވެހިންނަށް ކޮށްދެއްވަމުން ގެންދަވާ ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު، އޮނަރަަބަލް ގާސިމް އިބްރާހީމަށެެވެ. ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން މިހާހިސާބަށް ހިނގި ހުރިހާ ވެރިކަމެއްގައިވެސް އެމަނިކުފާނުގެ ސިޔާސީ ވިސްނުން ހުންނަ ގޮތުން އެމަނިކުފާނުގެ ވިޔަފާރިއަށް "އަތްނުބާނާ" އެއްވެސް ވެރިކަމެއް، ވެރިޔަކު ނެތެވެ.
ތާރީހުން ފެންނަ ގޮތުގައި އޮނަރަބަލް ގާސިމް އިބްރާހިމަށް ސިޔާސީގޮތުން ލިބިވަޑައިގަންނަވާ ކާމިޔާބީތަކާމެދު ހަސަދަވެރިވާ ބޭފުޅުން އެންމެ ފުރަތަމަވެސް މަސައްކަތްކުރައްވާފައި ހުރީ އެމަނިކުފާނަށް ވިޔަފާރީގެ ގޮތުން ދަތިކުރާށެވެ. އަދި އެގޮަތަށް ބިރު ދައްކައިގެން، ދަތިކޮށްގެން ސިޔާސީގޮތުން ގާސިމް ލައްވާ ކުޑަކަކޫ ޖެއްސުމަކީ މީގެކުރިން ކޮންމެ ވެރިޔަކުވެސް ކުރަން އުޅުނު ކަމެކެވެ. ނަމަވެސް އޭގެއިން އެއްވެސް ފަހަރަކު ގާސިމް ޤަބޫލުކުރައްވާ އުސޫލުތައް ދޫކުރަށްވައި، ބައެއްގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެންނަނީ އެމަނިކުފާނަށް އެފަދަ ނިކަމެތި ގޮތް ހަދާ ވެރިންގެ ވެރިކަން ހިތި ގޮތަަކަށް ނިމިގެންދާ މަންޒަރެވެ. މިދިޔަ ރިޔާސީ ދައުރުތަކަށް ބަލާލުމުން މިދެންނެވި ހަގީގަތް ރީތިކޮށަ ފެންނާނެއެވެ.
އަނެއްކާވެސް މިވަނީ އެފަދަ މަންޒަރެއްގެ ކުލަމަތި ފެންނަން ފަށާފައެވެ. މާލެ އަތޮޅު ވާވެއްދި ފަޅަކީ ޤާސިމަށް ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ދީފައިވާ ފަޅެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމަށް ދަތިކުރުމުގެ ގޮތުން ވާވެއްދިފަޅު އަތުލިނަމަވެސް ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށްކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. މިހާރު މައްސަލައަކަށް ވެގެން އުޅެނީ ސުޕްރީމް ކޯޓުން އެ މައްސަލަ ވިލާ ކުންފުންޏާއި އެއްކޮޅަށް ނިންމާފައި އޮއްވާ، އެ ފަޅު ވިއްކާލަން ވިލާއިން އުޅުމުން އޭސީސީން އެކަން ހުއްޓުވުމުންނެވެ.
ގާސިމް ޤަބޫލުކުރައްވާ ގޮތުގައި ސުޕްރީމް ކޯޓުން އެ މައްސަލަ ވިލާއާ އެއްކޮޅަށް ނިންމާފައި އޮއްވާ އޭސީސީއަަކަށް އެ މައްސަަލައިގައި އިތުރު ގޮތެއް ހަދާކަށް ނޭންގޭނެކަމަށެވެ. ކަން އޮތްގޮތަކީވެސް އެއީއެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ފަހު ބަސް ބުނެފައި އޮތް މައްސަލައެއްގައި، އޭސީސީން ދެން ނިިންމާނެ އިތުރު ނިންމުމެއް ނޯންނާނެއެވެ. އެއީ ކަޅާހުދުނަ ލިޔެފައި އޮތް ރާއްޖޭގެ ގާނޫނު އަސާސީ ދަންނަ ގޮތެވެ. ޤާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ވާވެއްދި ފަޅު ވިއްކުން ހުއްޓުވަން އޭސީސީން ޓޫރިޒަމް މިނިސްޓްރީއަށް އެންގި އެންގުމަކީ ޤާނޫނާއި ހިލާފު ނިންމެވުމެކެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއްގައި ހިމެނޭ ރަށެއްގެ މައްސަލަ އަނެއްކާވެސް އޭސީސީން ބަލަން އުޅޭތީ ސުވާލު އުފެދޭ އަނެއް ކަމަކީ، މިއީ މީގެކުރިން އޭސީސީންވެސް ބަލާ ނިންމާފައި އޮތް މައްސަލައަކަށްވުމުންނެވެ. ސުޕްރީމް ކޯޓުން މިމައްސަލަ ނިމުނު ފަހުން އޭސީސީން ވާވެއްދި ފަޅާއި ގުޅޭގޮތުން ބެލި މައްސަލައިގައި ނިންމާފައިވަނީ އެ ރަށާއި ގުޅޭގޮތުން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތްކަމަަށެވެ. އެހެންކަމުން އޭސީސީން ބަލާ ނިންމާފައި، ސުޕްރީމް ކޯޓުން ގޮތް ނިންމާފައި އޮތް މައްސަލައެއް އަނެއްކާވެސް އޭސީސީން ސަބަބެއް ބަޔާންނުކޮށް ތަހުޤީޤްކުރަން މިއުޅެނީ ކީއްވެގެންތޯ ބުނާކަށް ސިޔާސީ ކަންކަމުގައި އުޅޭ ފަރާތްތަކަށް އުނދަގޫވާނެހެނެއް ހިއެއްނުވެއެވެ.
މި މައްސަލައިގައި އޭސީސީން އަމަލުކުރާ ގޮތުން ޤާނޫނީ ބޭފުޅުން ސުވާލު އުފައްދާ އެހެންކަމެއްވެސް އެބައޮތެވެ. އެއީ ސުޕްރީމް ކޯޓުން އެހެން މައްސަލައެއްގައި ނިންމާފައިވާ ނިންމުމުގައި އޭސީސީއަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށްފައި އޮންނަ ހުކުމަކާއި ގުޅިގެނެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލުމުން، އެ މައްސަލައިގައި ސުޕްރީމް ކޯޓުން 2012ގައި އިއްވާފައިވާ ހުުކުމުގައިވާ ގޮތުން ޝައްކުކުރެވޭ ޖިނާއީ ތުހުމަތެއްގެ މައްޗަށް ބިނާކޮށް ދެ ފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ހުއްޓުވުން ނުވަތަ އެއްބަސްވުމެއް ބާތިލުކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު އޭސީސީއަށް ލިބިގެނެއް ނުވެއެވެ. އަދި އިދާރާތަކުގެ މައްޗަށް އެފަދަ އެންގުންތައް އެންގުމުގެ ހައްގު އޭސީސީއަށް ލިބިދޭ ގާނޫނީ އަސާސެއް ވެސް ނެތެވެ. އޭސީސީއަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އާންމު ގާނޫނީ ދާއިރާގައި ހިމެނޭ އެއްވެސް އިދާރީ އެންގުމެއް އެންގުމުގެ ނުވަތަ އަމުރެއް ކުރުމުގެ އިހްތިސޯސް ލިބިގެންނެއް ނުވެއެވެ.
އެ ހުކުމުގައިވާ ގޮތުން އޭސީސީއަށް ޖުމްލަ ގޮތެއްގައި ލިބިގެންވަނީ ދައުލަތުގެ އިދާރާތަކުން ހިންގާ ކަންކަމުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ އަމަލުގެ ގޮތުގައި ތުހުމަތުކުރެވޭ ކަންތައްތައް ތަހުގީގުކުރުމާއި އެ ތަހުގީގު ފުރިހަމަކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންކަން ކުރުމެވެ.
ޤާނޫނީ ވަކީލުން ފާހަގަކުރައްވާ ގޮތުގައި އަމިއްލަ ވިޔަފާރިއެއް ނުވަތަ ވިޔަފާރި މުއާމަލާތެއް ހުއްޓާލުމަށް އޭސީސީއަށް ސީދާ އެންގޭނެ ގޮތެއް ނޯންނާނެއެވެ. އަދި އެފަދަ ކަމެއް ކުރަން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގައި އެދިގެން އެ މިނިސްޓްރީން އެ ގޮތަށް ނިންމައިގެން ނޫނީ ކޯޓު އަމުރެއް ހޯދައިގެނެވެ.
ވާވެއްދި ފަޅާއި ގުޅޭގޮތުން ހިނގާ ކަންކަމަށް ބަލާލުމުން ފެންނަނީ މީގެކުރިން ސިޔާސީ މަސައްކަތުގައި ގާސިމް ކުރިއަރައިގެންދާ މަންޒަރު ފެނުމުން ސަރުކާރުތަކުން މީގެކުރިންވެސް ކުރި ކަންކަމެވެ. ކޮންމެ ބަޔަކުވެސް އެކަންކަން ކުރަނީ މިނިވަން މުއައްސަސާތައް ބޭނުންކޮށްގެނެވެ. ބައެއް ފަހަރު ކޯޓުތަކެވެ. އަނެއް ބައި ފަހަރު ކޮމިޝަންތަކެެވެ. ނޫނީ ފުލުހުންނާއި ސިފައިންނެވެ. މިހުރިހާ ކަމަކުންވެސް ނެރެން ބޭނުންވަނީ އެއް ނަތީޖާއެކެވެ. ވަކި ބަޔަކު ބޭނުންވާ އަމިއްލަ ކަންތައްތަކެއް ހާސިލުކުރުމެވެ. ނަމަވެސް ތާރީހް ދައްކާގޮތުން އެގޮތަށް ބިރު ދައްކައިގެން އެއްވެސް ވެރިޔަކަށް މާގިނަ ދުވަހު ކާމިޔާބީގެ މަތީގައި ނުހުރެވެއެވެ. މިފަހަރުވެސް އެކަހަލަ ގޮތެއް ވާން އުޅޭ މަންޒަރުވެސް ފެންނަހެން އެބަ ހީވެއެވެ.

ކިޔުންތެރިންގެ ހިޔާލު