ރާއްޖޭގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭއެއްޗެއްގެ އަޑުގޮވާ ތަންކޮޅު ނަގައިފިއެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން ކުޑަ ކުއްޖާގެ ފުއްޕާމޭގެ ތެރެއިން އެކުއްޖާއަށް ދިރުވާލެވުނު ސޮފްޓް ޓޯއީގެ އަޑުގޮވާ ތަންކޮޅު ނަގާފައިވާކަން ހާމަކުރެއްވީ އެ ހޮސްޕިޓަލްގެ އެތެރެހަށީގެ ޑޮކްޓަރ މުޙައްމަދު ޢަލީއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ އައިޖީއެމްއެޗްގެ ރެސްޕިރެޓަރީ މެޑިސިން ޓީމުން، ކުޑަ ކުއްޖެއްގެ ކަނާތު ފުއްޕާމޭގެ ތެރެއިން ސޮފްޓް ޓޯއީއެއްގެ އަޑު ގޮވާ ތަންކޮޅު ނަގާފައިވާ ކަމަށެވެ.

އެ ކުއްޖާ އުޅުނީ ކުޅޭއެތީގެ އަޑު އެހެން ކުއްޖަކަށް އިއްވުމަށް ކަމަށާއި އެހެންނަމަވެސް އަޑު ގޮއްވަން ދެތުންފަތް ދޭތެރެއަށް ލައިގެން އުޅުމުގެ ތެރޭގައި ކުޅޭ އެތި ދިރުވާލެވުނީ ކަމަށް ޑރ މުހައްމަދު ޢަލީ ވިދާޅުވިއެވެ.



އަދި އެގޮތަށް އަނގަޔަށް ނުވަތަ ދެތުންފަތް ދޭތެރެއަށް އެފަދަ އެއްޗެހި ލައިގެން އުޅުމަކީ ނުރައްކާތެރިކަމެއްކަމަށް ވެސް ޑޮކްޓަރ ވިދާޅުވިއެވެ.

ކުއްޖާގެ ޕުއްޕާމެއިން ކުޅޭއެތި ނެގުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ކުރެއްވި މަސައްކަތް ޑރ. މުހައްމަދު އަލީ ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން