ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ކެތު ލެބްގެ ހިދުމަތްތައް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ ކެތު ލެބްގެ ހިދުމަތްތައް މިއަދު މެދެކެނޑިފައިވާކަމަށާއި، އެ މައްސަލަ ހައްލުކޮށް ކެތު ލެބުގެ ހިދުމަތްތައް އަލުން ފަށަން ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.

ކެތުލެބަށް ދިމާވީ ކޮން ކަހަލަ ޓެކްނިކަލް މައްސަލައެއްކަން އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗުން ބުނީ ކެތު ލެބަށް ބޭނުންވާ ސާމާނާއި ތަކެތި އެބަހުރި ކަމަށާއި އެއްވެސް އެއްޗެއް ހުސްނުވާ ކަމަށެވެ.

ކެތު ލެބުގައި ހިތުގެ ބަލިތަކާ ގުޅުންހުރި މުހިއްމު ތަހުލީލުތަކާއި އޮޕަރޭޝަންތައް ކުރެއެވެ. އޭގެ ތެރޭގައި، އެބްލޭޝަން، އެންޖިއޯގްރާމް، އެންޖިއޯޕްލާސްޓީ ފަދަ ކަންކަން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން