ބޮލީވުޑްގައި އެންމެ ކާމިޔާބު އަދި ތަފާތު ވާހަކަތަކަށް ފިލްމު ތައްޔާރުކުރާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ބައިޖޫ ބާވްރާ" އަށް ދެކުނު އިންޑިއާގެ ފިލްމީ ތަރި ނަޔަންތާރާ ކާސްޓްކުރަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ދާދި ފަހުން ނެރުނު އަހަރުގެ އެންމެ ކާމިޔާބު ފިލްމު "ޖަވާން" އިން ބޮލީވުޑަށް ތައާރަފްވި ނަޔަންތާރާއަށް ބަންސާލީގެ ފަރާތުން ހުށަހެޅުމެއް ލިބުނު ނަމަވެސް، އޭނާ އަދި އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަންސާލީގެ ފިލްމަށް ޢާންމުގޮތެއްގައި ކާސްޓުކުރާނީ ދާއިރާގެ އެންމެ ފުންނާބު އުސް ތަރިންނެވެ. އޭނާގެ ފިލްމުތަކަށް އެކްޓަރުން ކާސްޓުކުރުމުގައި ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާތަކަށް ނިސްބަތްވާ ކަރީނާ ކަޕޫރު ފަދަ ތަރިން އެކަމަށް އެދުނު ނަމަވެސް އެ ފުރުޞަތެއް ނުލިބެއެވެ. ބަންސާލީގެ ފިލްމުތަކުގައި ހަރަކާތްތެރިވި ދީޕިކާ ޕަޑުކޯންއާއި އާލިއާ ބަޓްއަށްވެސް ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ލަގަބު ލިބިގެންދިޔައެވެ.

މިހާތަނަށް ދެކެވޭ ވާހަކަތަކަށް ބަލާނަމަ "ބައިޖޫ ބާވްރާ"ގައި ބަންސާލީ ކާސްޓުކުރަން ބޭނުންވަނީ އާލިއާ ބަޓް، ނަޔަންތާރާއާއި ރަންވީރް ސިންގއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން