ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ފޮތް، "ދެރަދުން" ވަރަށް އަވަހަށް ޗާޕުކޮށް ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެފޮތުގެ ބަނޑޭރިގަނޑު ޙިއްސާކުރައްވައި އެފޮތް ވަރަށް އަވަހަށް ޝާއިޢު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިފޮތަކީ 1800 އާއި 1900 ގެ ދުވަސްވަރު ދިވެހިރާއްޖެއާއި ދިވެހީންގެ ވާހަކަތައް ގެނަސްދީފައިވާ ފޮތެކެވެ. މިފޮތުގެ ބަނޑޭރިގަނޑު ބުނާގޮތުން އިނގިރޭސީން ރާއްޖެއަށް އަތްގަދަ ކުރުމުގެ ކުރިންނާއި ފަހުން ކަންހިނގި ގޮތާއި، ރާއްޖޭގައި އެޒަމާނުގައި ވިޔަފާރި އޮތް ގޮތުގެ ވާހަކަ އެފޮތުގައި ހިމެނޭނެއެވެ.
"އަށާރަސަތޭކައިގެ އަހަރުތަކުގެ ގިނަ އަހަރު ވެގެން ދިޔައީ އެއް ބާވަތެއްގެ ނުވަތަ އަނެއް ބާވަތެއްގެ ގަޑުބަޑު ހިނގި ދުވަސްތަކަކަށް އެކަންޏެއް ނޫނެވެ. ރަސްކަންތައް ދިޔައީ ބަދަލުވަމުންނެވެ. ވިޔަފާރި ފުޅާވިއެވެ. ދިވެހިންގެ ތަނަވަސްކަމާއި ހުނަރުވެރިކަން އިތުރުވިއެވެ. އިނގިރޭސި އިސްތިއުމާރީ ބާރު އިންޑިޔާ ކަނޑުގެ މައްޗަށް ރަނގަޅަށް ފެތުރިއޮތްކަމުން، އެ ގެނުވި އަމާންކަން ޖާގަދިނީ މިކަނޑުގައި ދަތުރުފަތުރު އިތުރުވެ ވިޔަފާރި ފުޅާކުރުމަށެވެ. އެވިޔަފާރީގައި ފައިދާ ހޯދި އެއްބަޔަކީ ދިވެހީންނާއި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ބޭރު މީހުންނެވެ. ޖުމްލަކޮށް ދެކެނީނަމަ ދިވެހިރާއްޖެއެވެ." ފޮތުގެ ބަނޑޭރިގަނޑުގައި ލިޔުއްވާފައި ވެއެވެ.
މި ފޮތުގައި ވަނީ، 1900 ގެ އަހަރުތަކުގައި ރާއްޖޭގައި ކަން ހިނގާދިޔަ ގޮތުގެ ވާހަކަ ގެނެސްދީފައެވެ.
މީގެ ކުރިން ރައީސް ނަޝީދު ނެރުއްވި ތާރީޚީ ފޮތް "ދަގަނޑު ދަހަނާ" އަކީ ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދި ތާރީޚީ ފޮތެކެވެ.

Alhugandu ge aa foiy “Dhe Radhun: India Kan’dugai Dhivehin 1800-1900, varah avahah chaapkoh nimeyne pic.twitter.com/uFJGIom1e8
— Mohamed Nasheed (@MohamedNasheed) July 19, 2020
މި ފޮތުގައި ވަނީ، 1900 ގެ އަހަރުތަކުގައި ރާއްޖޭގައި ކަން ހިނގާދިޔަ ގޮތުގެ ވާހަކަ ގެނެސްދީފައެވެ.
މީގެ ކުރިން ރައީސް ނަޝީދު ނެރުއްވި ތާރީޚީ ފޮތް "ދަގަނޑު ދަހަނާ" އަކީ ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދި ތާރީޚީ ފޮތެކެވެ.
ކިޔުންތެރިންގެ ހިޔާލު