އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު (ކ) ކުރީގެ ޚާރިޖީ ވަޒީރު ދުންޔާއާއި ސަލާމްކުރައްވަނީ
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު (ކ) ކުރީގެ ޚާރިޖީ ވަޒީރު ދުންޔާއާއި ސަލާމްކުރައްވަނީ
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވައިކުރައްވާ ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

މާދަމާ ހަވީރު 4 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވާ މި ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައިނުގަންނަވާ ކަން ހާމަކުރެއްވީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުންނެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔާމީން މި ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަނީ ރައީސްކަމަށް ހުވާކުރައްވާ ޖަލްސާއެއްގައި ޖިނާއީ ކުށެއްގެ އަދަބު ތަންފީޒުކުރައްވަމުންދާ ފަރާތެއް އެފަދަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމުން ޖަލްސާގެ ކަރާމާތަށް އުނިކަމެއް ލިބިގެންދާނެކަމަށް ފެނިވަޑައިގަންނަވާތީއެވެ.

އެހަފުލާގައި ބައިވެރިވެ ވަޑައިގަތުން، ތަހުޒީބީ މުޖުތަމައުތަކުން ޤަބޫލުނުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފަވެއެވެ. އެހެންކަމުން، ޔާމީން ވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަނެވޭނެކަން ރައްޔިތުންގެ މަޖިލީހަށްވެސް މިހާރު އަންގަވާފައެވެ.

ޔާމީން ދަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އެކަމުގެ އަދަބު ތަންފީޒުކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން