މާލޭގައި ވަޅިން ހަމަލާދީ ބުޅަލެއް މަރާލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، މ. ކޮޅުފުށީ ޖަވާހިރުވާދީ އަހްމަދު ނަސީމެވެ.

މި މައްސަލައިގެ ބަންދު މަޖިލީހުގައި ނަސީމް ވަނީ އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަށް އިންކާރުކޮށް، މީސް މީޑިއާގައި ދައުރުވާ ވީޑިއޯއަކީ އަސްލެއް ނޫން ކަމަށް ބުނެފައެވެ.

ބުޅަލަކަށް މީހަކު ވަޅިން ޙަމަލާދޭ ވީޑިއޯ މީސް މީޑިއާގައި ޢާންމުވީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޕޭމަންޓް ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލަކަށް ފިރިހެނަކު ތޫނު އެއްޗަކުން ހަމަލާ ދޭ މަންޒަރެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރުކޮށްދިނީ އިތުރު ބުޅަލަކަށްވެސް އޭނާ ޙަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން