ގއ. ވިލިނގިއްޔަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު، ވިލިގނގިލި ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެއް ކަމަށެވެ.

"މި ދެމީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ލޯންޗަކާއި ކާރެއް ބަލައިފާސްކުރި އިރު 75 ފުޅި ބަނގުރާ ފެނިފައިވެއެވެ." ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޥާނުވާ

08-Dec-2023

ތީއަބަދު ތިކަންކުރާބައެއް ތިމީހުން ދޫކޮއްލާނެ އިރުކޮޅަކުން



ޓްރެންޑިން