ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގައި ހުންނަ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހިޔާ އެޗް6 ގެ އެޕާޓްމަންޓެއްގައި ހިންގި މި މާރާމާރީގައި 22 އަހަރުގެ ދިވެއްސަކަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާ ދެމުންނެވެ.

"އޭނާއަށް ހަމަލާދީފައި ވަނީ ޢާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން