ފުލުހުން މިއަދު ހޯދަން ޢިއުލާންކުރި ނ. މިލަދޫ / ގުމުރީގެ މުއްރަތު އަލީ، ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ޙާޟިރުވެއްޖެއެވެ.
މުއްރަތު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުން އަންނާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް މިއަދު ހެނދުނު ފުލުހުން ވަނީ އެދިފައެވެ. ޢުމުރުން 30 އަހަރުގެ މުއްރަތުގެ ޚަބަރެއް ނުވެގެން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ޑިސެމްބަރު 6 ވަނަ ދުވަހު އެވެ.
ފުލުހުން މީގެ ކުޑްއިރުކޮޅެއް ކުރިން ބުނެފައިވަނީ، މުއްރަތު ހޯދަމުން ދަނިކޮށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އޭނާގެ ޙާލު ރަނގަޅު ކަމަށެވެ.
މުއްރަތަކީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ ޒުވާނެއްކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

އަޕްޑޭޓް: ނ. މިލަދޫ / ގުމުރީގެ، މުއްރަތު އަލީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ވަނީ ހާޒިރުވެފައި. ހާލު ރަނގަޅު. https://t.co/qxZSLEylPe
— Maldives Police (@PoliceMv) December 7, 2023
މުއްރަތަކީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ ޒުވާނެއްކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު