ރޭ ހުޅުމާލެ ސެންޓްރޯ މޯލް ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާ ދީފައިވާކަމަށް ބުނެ މީސްމީޑިއާގައި މައުލޫމާތު ދައުރުވި ނަމަވެސް އެކަން ކަށަވަރު ނުވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، އެފަދަ މައްސަލައެއް ހިނގާފައިވޭތޯ ބެލުމަށް އެކަންތައް ހިނގިކަމަށް ބުނާ ސަރަހައްދު ބަލައި ހަދާފައިވާ ކަމަށެވެ.

އަދި އެފަދަ ކަމެއްގެ މަންޒަރެއް ފެނުނު މީހަކު ހުރިތޯ އާއި، އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ހުރިތޯ ބެލުމަށް އެސަރަހައްދުން މީހުންނާ ސުވާލު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ މިފަދަ ކަމެއްގައި ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުން އެއްވެސް މީހަކު ފަރުވާ ހޯދާފައިވޭތޯ ބެލުމަށާއި އެ ސަރަހައްދުން ލިބެންހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ. އަދި މިފަދަ މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެކަން ފުލުހުންނަށް ހިއްސާކޮށްދިނުމަށްވެސް ފުލުހުން އެދިފައިވެއެވެ.



މި ދުވަސްވަރު މާރާމާރީތައް އިތުރުވެފައިވާތީ ފުލުހުން ވަނީ އެކަމާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން