އައްޑޫ ސިޓީގެ ފިހާރައަކުން ވައްކަން ކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވައްކަން ކުރަން މީހަކު ވަތް މައްސަލަ އިއްޔެ 15:10 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ ފިހާރައަށް ވައްކަން ކުރަން ވަތްމީހާ ހިފަހައްޓަން އުޅުމުގެ ތެރޭގައި، ފިހާރައިގެ ސޭޓަށް އަނިޔާވެފައިވާ ކަމަށާއި، އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން