އަހުމަދު ޝާހް   13 ޑިސެމްބަރު 2023 - 15:53
ކުޅުދުއްފުށީ ބަހާދަރު ބޯޓު ރޭ ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނީ ރޭ ދަންވަރު 02:30 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދދެއެވެ.

ފަރަށް އެރިއިރު ބޯޓުގައި 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެވެ.

އެ ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޯޓު އޮތް ސަރަހައްދަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް 116 މިއަދު ފަތިހު ބޯޓު އޮތް ސަރަހައްދަށް ގޮސް، ބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހުން ހާބަރކްރާފްޓަށް ނަގައިގެން ހެނދުނު 06:08 ހާއިރު އެ މީހުން ވަނީ ށ. ކޮމަންޑޫއަށް ގެންގޮސްދީފައެވެ.

"ބަހާދަރު" ބޯޓުގައި މިހާރު 10 ފަޅުވެރިން މަޑުކޮށްގެން ތިބިއިރު، ބާކީ 31 މީހުން، "ފްލަޔިންގ ފިޝް 17″ ނަކަމަށް ކިޔާ ދޯންޏެއްގައި ހދ.ކުޅުދުއްފުއްޓަށް ގެންދިޔުމަށް ދަނީ ދަތުރުކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އަރާފައިވާ ބަހާދަރު ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން