އަންނަ އަހަރު ހުރިހާ ސްކޫލެއްގައި ހުނަރު ޕްރޮގްރާމް ހިންގަވާނެ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައިވާ ވޮކޭޝަނަލް ހަބް "ހުނަރުވެހި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު، ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ، ހުނަރުވެރި ދިވެހިވަންތަ ޖީލެއް ބިނާކުރެއްވުމަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް އަންނަ ދިރާސީ އަހަރުން ފެށިގެން، ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީވެސް ކޮންމެވެސް ހުނަރެއް އެނގޭ ކުދިންނަށް ހައްދަވާނެ ކަމަށެވެ.
“މި ޕްރޮގްރާމުން ސްކޫލްގައި ކިޔަވާ އެންމެ ދަށް ކުއްޖާއަށްވެސް އަދި އެންމެ މޮޅު ކުއްޖާއަށްވެސް ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބޭނެ." ވަޒީރު ވިދާޅުވިއެވެ.
ސްކޫލްގެ ތަޢުލީމީ ނިޒާމުގައި ހިމަނައިގެން ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު