ޓަރކިޝް އެއާލައިންގެ ފްލައިޓެއް
ޓަރކިޝް އެއާލައިންގެ ފްލައިޓެއް
ޓަރކިޝް އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން މެދުކަނޑާލި ތުރުކީގެ ޓާކިޝް އެއާލައިންގެ ދަތުރުތައް އަލުން ފަށާފައި ވަނީ އިއްޔެއެވެ. ކުރިން ދުވާލަކު އެއް ދަތުރު ބާއްވަމުން އައި ނަމަވެސް، މިހާރު ތާވަލުކޮށްފައި ވަނީ ހަފްތާއަކު އެއް ދަތުރު ރާއްޖެއަށް ބާއްވާގޮތަށެވެ.

ރާއްޖޭގެ ބޯޑަރުތައް މާޗު 27 ގައި ބަންދު ކުރުމާ ގުޅިގެން ރާއްޖެއަށް ދަތުރުކުރަމުންދިޔަ ގިނަ އެއާލައިންތަކަކުން ވަނީ ދަތުރުތައް މެދުކަނޑާލައިފައެވެ.

އެހެން ނަމަވެސް މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ޓުއަރިޒަމަށް ހުޅުވާލުމާއެކު ފްލައިޓްތައް ރާއްޖެއަށް އަންނަން ވަނީ ފަށައިފައެވެ. އޭގެ ތެރޭގައި ގަތަރު އެއާވޭސް އާއި އެމިރޭޓްސް އަދި ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓްތައް ހިމެނެއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ، އިއްޔެއާއި ހަމައަށް ރާއްޖެއަށް އައީ 904 ފަތުރުވެރިން ކަމަށާއި، އޭގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޔޫކޭ އިން ކަމަށެވެ. އެ ގައުމުން 117 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އެމެރިކާއިންނެވެ. އެ ގައުމުން 106 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން