އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި މުޙައްމަދު ނައީޝް ނަސްރު، ގެއްލިގެން ހޯދަން ކުރި މަސައްކަތުން އޭނާ މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ޑިސެމްބަރ 21 ގައި ގެއްލުނު ނައީޝް ހޯދުމަށް އެމްއެންޑީއެފުން ބޮޑު ސަރަޙައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން ކަނޑުގެ މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލާއި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލާއި ޑައިވްކޮށްގެން 600 މީޓަރުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

"މުޙައްމަދު ނައީޝް ހޯދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ. މަރަދޫއަށް ނިސްބަތްވާ 3 މަސް ދޯންޏަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ. މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވޭ." އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ ކުރުނދުމާގޭ، މުޙައްމަދު ނައީޝްއެވެ.

އައްޑޫ ހައި ސްކޫލު ގްރޭޑް 12 ގައި ކިޔަވާ ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން