ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އައްޔަން ކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮލިސް ބޯޑުން ދާޚިލީ ވަޒީރު ޢަލީ އިޙުސާނަށް ލަފާ އަރުވާފައިވަނީ ސީޕީގެ މަޤާމަށް ޝުޖާއު ޢައްޔަނު ކުރުމަށެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި އެ މަގާމަށް ނަން ހުށަހެޅުއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ.
ފުލުހުންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެވޭނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެސިސްޓެންޑް ކޮމިޝަނަރު ރޭންކުން ފެށިގެން މަތީގެ ބޭފުޅުންނަށެވެ.
އަދި ޕޮލިސް ބޯޑުން ދާޚިލީ ވަޒީރަށް ފޮނުވާ ފަރާތް ސީޕީގެ މަޤާމަށް ޢައްޔަނު ކުރެއްވުމާމެދު ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ސީޕީގެ މަޤާމް އެންމެ ފަހުން ފުރުއްވާފައިވަނީ މުޙައްމަދު ހަމީދެވެ. ހަމީދު އެމަޤާމުން ރިޓަޔަރކުރެއްވުމާ ގުޅިގެން މިހާރު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްޢޫލިއްޔަތުތައް އަދާކުރައްވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

ކިޔުންތެރިންގެ ހިޔާލު