ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގިތަން އިސް ރަށްވެހިންގެ މަރުކަޒަކަށް ބަދަލު ކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
އެގޮތުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ހިންގެވިތަން އިސް ރަށްވެހިންގެ އެންމެ ފުރަތަމަ މަރުކަޒެއްގެ ގޮތުގައި ބަދަލު ކުރަން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އިސް ރަށްވެހިންގެ މަރުކަޒުތައް ޤާއިމް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި ޔޫތް މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީގެ އިތުރުން ކަމާއި ބެހޭ އިދާރާތްތަކުގެ ލަފާ ލިބޭނެ ކަމަށާއި އެކަން ފެށިގެންދާނީ އެ މިނިސްޓްރީތަކުގެ އެހީއާއި އެކު ކަމަށެވެ.
ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވައި، ރިޓަޔާ ކުރައްވާފައިވާ ބޭފުޅުންގެ ނަފްސާނި އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު