އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި މުޙައްމަދު ނައީޝް ނަސްރު، ގެއްލިގެން ހޯދަން ކުރި މަސައްކަތުން އޭނާ މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ޑިސެމްބަރ 21 ގައި ގެއްލުނު ނައީޝް ހޯދުމަށް އެމްއެންޑީއެފުން ބޮޑު ސަރަޙައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން ކަނޑުގެ މަގުން 2386.51 ސްކޮޔަރ ނޯޓިކަލް މޭލާއި ވައިގެ މަގުން 9916.46 ސްކޮޔަރ ނޯޓިކަލް މޭލާއި ޑައިވްކޮށްގެން 1.026 މީޓަރުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

ނަމަވެސް، ނައީޝްގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައިނުވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ ކުރުނދުމާގޭ، މުޙައްމަދު ނައީޝްއެވެ.

އައްޑޫ ހައި ސްކޫލު ގްރޭޑް 12 ގައި ކިޔަވާ ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން