ގައިމައްޗަށް ފާރެއް ވެއްޓުމުގެ ސަބަބުން ދަތުރު ގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ޅ. ދިއްފުށިމާދޫއަށް ބަޔަކުމީހުން ދަތުރުގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، އެތަނުގެ "ހާބަރކްރާފްޓް 116" ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ދިޔަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

“މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާލިބުނު އަންހެންމީހާ (57 އަހަރު) އާއި ފިރިހެން މީހާ (27 އަހަރު) އަވަސް ފަރުވާއަށް ޅ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވިފައި.” އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް އެމްއެންޑީއެފުން ޢާއްމުކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން