ރ. އިނގުރައިދޫ އިސް މެޖިސްޓްރޭޓުގެ ސައިކަލުގައި ރޯކޮށް އަންދާލައިފިއެވެ.

ރ. އިނގުރައިދޫ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލްގައި ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 2:30 ހާއިރު އެވެ.

އެކަމާ ގުޅިގެން ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ވަނީ ފަނޑިޔާރުންނަކީ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނު ލާޒިމުކުރާ ބަޔަކަށް ވާތީ ރަޝާދުއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.

އަދި އެ ނާތަހުޒީބު ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލާފައިވެއެވެ

އަދި ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން