ގިނަ ޢަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ތިން ބިދޭސީން ކޯޓުން ދޫކޮށްލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކުރި ކަމަށެވެ.
އެގޮތުން މިމަހުގެ 28 ވަނަ ދުވަހު ހުޅުމާލޭގެ ކެފޭއެއް ބަލައިފާސްކޮށް ބަނގުރަލާއެކު ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިއާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެކެފޭ ބަލައިފާސްކުރިއިރު 7 ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނުނު ނަމަވެސް އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައިފާސްކޮށް، 34 ފުޅި ބަނގުރަލާއެކު 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކުރެވުނު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިމައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހުން ޝަރުތުކޮށް ދޫކޮށްލާފައިވާތީ އެމީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު