ބާ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުން އަންނަމަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ގާނޫނީ ވަކީލުންނާ ގުޅޭ ކަންކަން ބަލަހައްޓާ ބާ ކައުންސިލުން މިއަދު ބުނެފައިވަނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން ކުރިޔަށްދާނީ، ޖެނުއަރީ 23 ގައި ކަމަށެވެ.

އެގޮތުން، ބާ ކައުންސިލްގެ މެންބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބާ ކައުންސިލުން ދޫކުރާ ފޯމު ފުރުމަށްފަހު އެ ކައުންސިލަށް 8 ޖެނުއަރީ ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން ހުށަހެޅުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ވާގޮތުން ބާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި 4 ޝަރުތެއް ފުރިހަމަ ވާންޖެހެއެވެ.

އެގޮތުން ގާނޫނީ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި ނަޒަހާތްތެރިކަން ގެއްލިފައިވާ މީހެއްކަން ޝަރުއީކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހަކަށް ނުވުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން