ފާހިޝް ޢަމަލުތައް ހިންގާ ސްޕާތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ސީޕީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއު މިއަދު ވިދާޅުވީ ގްރޭޓާ މާލޭގައި ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތައް ހުއްޓުވުމަށް މިހާރު ވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ވިޔަފާރިތައް ހިންގާ މީހުންނާއި އޭގެ ނަފާލިބޭ މީހުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެކަމުގައި ފުލުހުން އަޅާ ފިޔަވަޅުތައް ރައްޔިތުންނަށް ފެނިގެންދާ ގޮތަށް މަސައްކަތްތައް ބައްޓަން ކުރަށްވާނެ ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ޝުޖާއު މި މޭރުމުން ވިދާޅުވެފައިވާއިރު މާލޭގައި އެކި ނަންނަމުގައި ހިންގާ ސްޕާތަކުގައި ހަށި ވިއްކުން އިތުރުވެފައި ވިޔަސް އެކަމުގައި ފުލުހުން މިހާތަނަށް މާބޮޑު ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު