ގޭންގުތައް ހިންގާ ބޮޑުންނާ ހަމައަށް މި ފަސް އަހަރުގެ ތެރޭގައި ފުލުހުން ވާސިލްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މިއަދު މީޑިއާތަކާ ބައްދަލު ކުރަށްވައި ދެއްވި ސްޓޭޓްމަންޓެއްގައި ސީޕީ ޝުޖާއު ވިދާޅުވީ ގޭންގުތައް ހިންގާ ބޮޑުންނާ ހަމައަށް މި ފަސް އަހަރުގެ ތެރޭގައި ފުލުހުން ވާސިލްވާނެ ކަމަށާއި ގޭންގްތަކުން 18 އަހަރުން ދަށުގެ ކުޑަކުދިން ރެކްރޫޓް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ގޭންގްތަކުން ރެކްރޫޓްކުރާ ކުދިން ފާހަގަކޮށް އެކުދިން ފުލުހުންގެ ބެލުމުގެ ދަށުން ފޭދޫފިނޮޅުގައި މީގެ ކުރިން ވެސް ރިހިބިލިޓޭޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެފަދަ ޕްރޮގްރާމެއް ހިންގުމަށް ރާވަމުންދާކަމަށް ޝުޖާއުވަނީ ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވީ ގްރޫޕްތަކުން ރެކްރޫޓްކުރާ ކުޑަކުދިން ޑިޕާޓުމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ނަގައި އެ ޑިޕާޓުމެންޓުގެ ބެލުމުގެ ދަށުން ރިހިބިލިޓޭޓް ކުރުމަށް ދަނީ މަޝްވަރާ ކުރެވެމުން ކަމަށެވެ.

ދާދި ފަހުން ގޭންގްތައް މައިތިރި ކުރުމަށް ކަމަށްބުނެ ފުލުހުން ވަނީ މާލެއާއި އައްޑޫގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން