"ސައުތު ލައިން" ސަޕްލައި ދޯނި ނިލަންދޫ ނެރު މައްޗަށް އުރިފައި
"ސައުތު ލައިން" ސަޕްލައި ދޯނި ނިލަންދޫ ނެރު މައްޗަށް އުރިފައި
ގއ. ނިލަންދޫ ނެރުމައްޗަށް "ސައުތު ލައިން" ސަޕްލައި ދޯނި އުރިއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނީ 11 މީހުންނާއެކު ގއ.ނިލަންދުއަށް ވަންނަން ދަތުރުކުރަމުން ދިޔަ "ސައުތު ލައިން" ނަމަކަށްކިޔާ ސަޕްލައި ދޯނި އެ ރަށު ނެރުމައްޗަށް އުރިފައިވާ ކަމަށެވެ.

އެކަމުގެ މަޢުލޫމާތު ރޭ 20:36 ހާއިރު އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަން ލިބުމާއެކު، ސިފައިންވަނީ އެދޯންޏަށް އެހީތެރިކަންދީފައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.

އެގޮތުން ދޯނިން ފަޅައިގެންގޮސްފައި އޮތްތަން ބެއްދުމުގައި ކޯސްޓްގާޑުގެ ޑައިވަރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ދޯނީގެ ވެރިފަރާތުން ގެނައި އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ގއ.ނިލަންދޫ ބަނދަރަށް ރޭ މެންދަމު 3:19 ހާއިރު ދޯނި ވައްދާފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ބޯޓު ނެރުމައްޗަށް އުރުނުއިރު ބޯޓުގައި އެއްވެސް މުދަލެއް ނެތްކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން