މާލޭގައި ހުންނަ ޑީއެޗްއެލްގެ އޮފީސް
މާލޭގައި ހުންނަ ޑީއެޗްއެލްގެ އޮފީސް
މާލޭގައި މޫނު ނިވާކޮށްގެންތިބެ ފޭރުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މާލޭގައި މޫނު ނިވާކޮށްގެންތިބެ ޑީއެޗްއެލްގެ ޑެލިވަރީ ޕެކޭޖްތަކެއް ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 19 އަހަރުގެ ދެ ފިރިހެނުންނެވެ.

އެމީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ ޖަމާއަތް ހަަދައިގެން ކުރިއަށް ގެންދިޔަ މި ފޭރުމުގައި މޫނު ނިވާކޮށްގެން ތިބެ އެދެމީހުން ދެ ފަހަރެއްގެ މަތިން ޑީއެޗްއެލްގެ ވޭނަށް އަރައި، ދެ ޕެކޭޖެއް ފޭރިގަނެފައިވާކަމަށެވެ. އޭގެ ތެރެއިން އެއް ޕެކޭޖް ފުލުހުން މިހާރުވަނީ ހޯދައިފައެވެ. ނަމަވެސް އެ ޕެކޭޖުގައި ހުރި މުދާ ފެނިފައި ނުވެއެވެ.

މި މައްސަލައިގައި ހެކީގެ ގޮތުގައި ޑީއެޗްއެލްގެ ވޭން ދުއްވި ޑްރައިވަރުގެ ބަހާއި، ޑީއެޗްއެލްގެ ސިޓީއަކާއި، ސީސީޓީވީ ފުޓޭޖުގެ ފޮޓޯ ފުލުހުން ހުށަަހަޅައިފައިވެއެވެ.

ފޭރުމުގެ މައްސަލާގައި އެދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 5 ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން