އައްޑޫ ޕޯޓު-- ފޮޓޯ/ ސޯޝަލް މީޑިއާ
އައްޑޫ ޕޯޓު-- ފޮޓޯ/ ސޯޝަލް މީޑިއާ
ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އައްޑޫގެ ޕޯޓުން ބަންކަރިންގެ ހިދުމަތް ފަށަން ނިންމާފައިވާކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ ފާއިތުވި 18 އަހަރު ތެރޭގައި އައްޑޫގެ ޕޯޓަށް އަންނަން ޖެހޭ ތަރައްގީ ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން އެއިން އައްޑޫގެ ރައްޔިތުންނަށް ލިބެންޖެހޭ ފައިދާ ނުލިބި ރައްޔިތުންނަށް ކުރިމަތިވެފައިވަނީ މާޔޫސްކަން ކަމުގައި އޭނާ ވިދާޅުވިއެވެ.

އެެހެންވެ މި ސަރުކާރުގައި ވިސްނުން ހުރީ އައްޑޫގެ ޕޯޓް ރަނގަޅަށް ތަރަައްގީ ކުރުން ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތިން މަސް ތެރޭގައި އައްޑޫގެ ޕޯޓުން ބަންކަރިންގެ ހިދުމަތް ދޭން ފަށާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި އެއާއެކު އެ ޕޯޓަށް ލިބޭ އާމްދަނީ ވެސް އިތުރުވެ އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ވެސް އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެކުނުގެ ލ. ގާދޫގައި ވެސް ބަންކަރިންގެ ހިދުމަތް ދެވޭ ފެންވަރުުގެ ބަނދަރެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން