އާ ސަހަރާ--
އާ ސަހަރާ--
މި ދުވަސްވަރު ކުރަމުންދާ ވިއްސާރައާއެކު ހުޅުމާލޭގެ ސަހަރާގައި ފެންބޮޑުވެފައިވާތީ މާލޭގެ އާ ސަހަރާގައި ވަގުތީ ގޮތުން މީހުން ވަޅުލާން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް "ރަސް"އަށް ވިދާޅުވީ ހުޅުމާލެ ސަހަރާއިގައި އެއް ފޫޓަށް ވަޅު ކޮންނައިރަށް ފެން އަރާ ކަމަށެވެ. އެހެންވެ އެ ސަހަރާގައި މީހުން ވަޅު ލުމަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު މި ހަފްތާފައި ވަގުތީ ގޮތުން މާލޭގެ އާ ސަހަރާގައި ވަޅުލާން ފަށައިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް މެދު ނުކެނޑި މާލޭ ސިޓީއަށް ވަނީ ވާރޭ ވެހިފައެވެ. މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ ޑޭޓާތަކުން ވެސް ދައްކާ ގޮތުން މިހާތަނަށް މާލެއަށް އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަހަކީ އެ ދުވަހެވެ.

މާލޭގެ އާ ސަހަރާގައި މީހުން ވަޅުލާން ވަގުތީ ގޮތުން މިހާރު ފެށިއިރު، އެ ސަހަރާއިން ރަނގަޅު ފެންވަރެއްގެ ހިދުމަތްތައް ދިނުމަށްޓަކާ ބަދަލުތައް ގެނައުމަށް އެ ތަނުގައި މީހުން ވަޅުލުން މެދު ކަނޑާލީ މިދިޔަ އަހަރު އެވެ. ނަމަވެސް އެމަސައްކަތް ނުނިމި ދިގުކައިގެން ދިއުމުން ދާދި ފަހުން އެ މަސައްކަތުގެ ކޮންޓްރެކްޓް އެހެން ބަޔަކާ ވަނީ ހަވާލުވެސް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން