ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ
ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ
މާލޭގެ ގެސްޓް ހައުސްއަކަށް މީހަކު ގެންގޮސް ފޭރުނު 3 މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ފޭރުމާއި މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ޅ. ނައިފަރު އުމުރުން 18 އަހަރުގެ އަންހެނަކާއި، އުމުރުން 21 އަހަރުގެ ގދ. ތިނަދޫ ފިރިހެނެއްގެ އިތުރުން އުމުރުން 46 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.

އެމީހުންގެ ބަންދު އަމުރުގައިވާ ގޮތުން 3 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ހާދިސާ ހިނގި ގެސްޓްހައުސް ތެރޭގައި ތިއްބައި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. މި ތިން މީހުންގެ ބަންދަށް ކޯޓުން ފުރަތަމަޖެހި 15 ދުވަސް ހަމަވެފައިވަނީ އިއްޔެއަށެވެ. އެހެންކަމުން ކޯޓުން ވަނީ އެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ދީފައެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތް ގެސްޓްހައުސްއަށް ދިއުމަށް ދަޢުވަތުދީފައިވަނީ، ހައްޔަރު ކުރި އަންހެން މީހާ ކަމަށް ކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ.

މައްސަލާގައި ހައްޔަރުކުރި އެންމެންވެސް މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފޭރުމުގެ މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން