ކާށި ބަސްތާއަކާއި، އަނބުތަކެއް ވަގަށްނެގި ބަޔަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، ކާށި ބަސްތާއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލޭ ފިރިހެނަކާއި ކުޅުދުއްފުށީ ފިރިހެނެކެވެ. އެމީހުން ހައްޔަރުކުރީ ސައިކަލެއްގައި ކާށި ބަސްތާ ހިފައިގެން ދަނިކޮށް އެމީހުންގެ ޢަމަލުތައް ހުރިގޮތުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސްވަނީ ދީފައެވެ.

އޭގެ އިތުރުން އަނބުތަކެއް ވަގަށްނެގިކަމުގެ ތުހުމަތުގައި ތަކަންދޫ މީހަކުވެސް ވަނީ ހައްޔަކޮށް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައެވެ. އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ހަތް ދުވަހަށެވެ.

ފުލުހުން ކޯޓުގައި ބުނެފައިވަނީ ހައްޔަރުކުރި އެންމެންނަކީވެސް މީގެ ކުރިން އެކި ތުހުމަތުތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން ކަމަށެވެ.

މިމައްސަލަތައް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން