މާލޭ ޒިކުރާ މިސްކިތަށް ބިސް ޖެހީ ނަފްސާނީ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި އެ ހާދިސާ ތަހުގީގުކޮށްފައިވާ ކަމަށާއި ބެލި ބެލުމުން ބިސް ޖަހާފައިވަނީ ނަފްސާނީ މީހެއް ކަމަށްވާތީ އޭނާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެ މީހާއަށް ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ޒިކުރާ މިސްކިތަށް ބިސް ޖަހާފައި ހުރިތަން ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.
އޭގެ ތެރޭގައި މިސްކިތަށް ބޮޑު ކަމުދިއުމާއި އަދި ކުޅު ޖެހުން ހިމެނެ އެވެ.
މިސްކިތަށް ތަކުރާރުކޮށް ކުރިން ކުޅު ޖެހި މީހާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެހެން މައްސަލައެއްގައި އޭނާ މިދިޔަ އަހަރު ވަނީ އެއް އަހަރަށް ޖަލަށް ލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު