ޕޯސްޓް މެދުވެރިކޮށް އެތެރެ ކުރި 1.132 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު މައުލޫމާތު ދިންގޮތުގައި މަސްތުވާތަކެތި އެކުލެވޭ ޕެކޭޖް ޕޯސްޓް މެދުވެރިކޮށް ގެނެސްފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ. އަދި ކަސްޓަމްސިން މި ޕެކޭޖް ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި އޭގާ ފޮރުވާފައިވާ ކަމުގެ ޝައްކުތައް ކުރެވުނުކަމާއި އިތުރަށް މި ޕެކޭޖް ފާސްކުރުމުގެ ތެރެއިން އޭގެތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބާވަތެއް ފެނިފައިވާ ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.
ޕެކޭޖުންް ބަލާފާސްކުރުމުގެ ތެރެއިން ފެނުނު ތަކެތި ފުރަތަމަ މަރުހަލާގެ ތަހުގީގުން އެނގޭގޮތުގައި ފޮރުވިފައިވާ ތަކެއްޗަކީ ސިންތެޓިކް ކެތިނޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައި ކަށަވަރުކުރެވުނު ކަމަށްވެސް ބުނެފައިވެ އެވެ. މި ބާވަތުގެ މަސްތުވާތަކެއްޗަށް "ބާތު ސޯލްޓްސް" އޭވެސް ކިޔާއުޅެއެވެ.
މި މައްސަލައިގެ އިތުރު ތަހުގީގު ހިނގުމުގެ މަރުހަލާގެ ތެރެއިން ކަސްޓަމްސަށް މި ޕެކޭޖް ބަލާ އައިސްފައިވާ 20 އަހަރުގެ ފިރިހެން ޒުވާނެއްވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި ފަރާތާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ކަސްޓަމްސްއިން އަދި ހިއްސާކޮއްފައެއް ނުުވެއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މި ޕެކޭޖުގައި މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ފޮރުވާފައިވާ ޕެކިނާއެކު 1.132 ކިލޯގްރާމްގެ ބަރުދަން ހުރިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު