ދިވެހި ފުލުހުންގެ ހިދުމަތާ ގުޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުންގެ ހިދުމަތުން ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި އެންމެ އާދައިގެ ފޮލިސް އޮފިސަރު، ކޮންސްޓެބަލްގެ މަގާމުން ފެށިގެން ސާޖަންޓް ގްރޭޑް 1 އިން ފެށިގެން ސާޖަންޓް ގްރޭޑް 3 ހިމެނެ އެވެ.

އޭގެ ތެރެއިން އެންމެ ދަށް ފުލުސް ކޮންސްޓެބަލްއަށް ވެސް މުސާރައާއި އިނާޔަތުގެ ގޮތުގައި 12،000 އެއްހާ ރުފިޔާ ލިބެ އެވެ.

އަދި ސީނިއާ ސާޖަންޓްއަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 17،488.80 ރުފިޔާ ލިބެ އެވެ.

މީގެއިތުރުން ރެކްރޫޓްކުރާތާ ތިން މަސް ފަހުން އިތުރު އިނާޔަތްތައް ލިބޭނެ އެވެ.

ފުލުހުންގެ ހިދުމަތަށް މީހުން ނެގުމުގެ ކުރިން ބެކްގްރައުންޑް އެސެސްމަންޓްއަކާއި ފިޒިކަލް ފިޓްނަސް އަދި އެހެނިގެން އެސެސްމަންޓްތައް ހަދާނެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން