ސްޕެއިންގެ ތާރީޙުގައި ފުރަތަމަ ފަހަރަށް ޑައުންސް ސިންޑްރޯމް ހުންނަ އަންހެން ބޭފުޅަކު ޤާނޫނު ހަދާ މަޖިލީހަށް ހޮވިވަޑައިގެންފިއެވެ.
ސްޕެއިންގެ ވެލެންސިއާ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވުމަށްފަހު އުމުރުން 45 އަހަރުގެ މާރ ގަލްސެރާން ވިދާޅުވީ އޭނާ ބޭނުންވަނީ އެހެން މީހުން އޭނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި ފާހަގަނުކުރުމަށެވެ.
"އަހަރެންނަށް ތާއީދުކުރާ ބަޔަކު އެބަތިބި. އެކަމަކު އަހަރެން ގާބިލް ނޫން ކަމަށް ހީކުރާ އެހެން މީހުން ވެސް އެބަތިބި. އެއީ އަހަރެންނާއި އަހަރެންގެ ބެކްގްރައުންޑް ނޭނގޭ މީހުން." އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޭނާއަށް އަމާޒުވީ ފާޑުކިޔުންތަކަށް ޖަވާބުދެއްވަމުން ގަލްސެރާން ވިދާޅުވެފައި ވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރު ކުރުމަށް ދިހަވަރަކަށް އަހަރު ވަންދެން ގަލްސެރާން މަސައްކަތްކުރައްވާފައި ވެއެވެ. ގަލްސެރާންގެ އުމުރުން 18 އަހަރުގައި އޭނާ ގުޅިވަޑައިގަތީ ކޮންޒަވޭޓިވް ޕީޕަލްސް ޕާޓީ (ޕީޕީ)އާއިއެވެ.
ސިޔާސީ ދާއިރާއަށް ކުރިމަތިލެއްވުމުގެ ކުރިން 20 އަހަރަށް ވުރެ ގިނަ ދުވަހު ގަލްސެރާން ވަނީ ވެލެންސިއާގައި ސިވިލް ސާވަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ޑައުންސް ސިންޑްރޯމް ފަދަ ޙާލަތްތައް ތަހައްމަލުކުރާ ފަރާތްތަކަށް އެހީވާ ޖަމިއްޔާ، އަސިންޑައުންގައިވެސް މަސައްކަތްކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު