ރާއްޖޭގެ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ އަދި ގުޅީފަޅުގެ މަސައްކަތްތަކެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދް މުއިޒް ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމަނާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަސްމާލެ އަދި ގުޅީފަޅުގައި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ގުރޫޕް ކޯޕަރޭޝަން (ސީއެމްއީސީ)އާއެކު ސޮއި ކުރި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުލް މުއްތަލިބެވެ.

މިއެއްބަސްވުމުގެދަށުން ރަސްމާލެ އަދި ގުޅީފަޅުގެ ކަރަންޓާއި ފެނުގެ ހިދުމަތް ގާއިމްކުރުމަށާއި މަގު ހެދުމުގެ މަސައްކަތް ސީއެމްއީސީއާ ވަނީ ހަވާލުކޮށްފައެވެ.

ނަމަވެސް މި އެއްބަސްވުމާ ގުޅޭގޮތުން ސަރުކާރުން އަދި އެއްވެސް އިތުރުތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުއިޒު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމަނާ ދަތުރުފުޅުގެ ތެރެއިން އިއްޔެވެސް ވަނީ 20 އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިއެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައި ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ޕީޕަލްގައެވެ.

އެގޮތުން ސޮއެކުރެވުނު އެއްބަސްވުނަތަކުގެ ތެރެއިން ޗައިނާ އިންޓާނޭޝަނަލް ޑިވަލޮޕްމެންޓް ކުވޯޕަރޭޝަންއާއި ރާއްޖޭގެ ކޮންސްޓްރަކްޝަަން މިނިސްޓްރީގެ ފަރާތުންވަނީ ހަތަރު ތަރައްގީގެ މަޝްރޫއެއް ހިމެނޭ އެއްބަސްވުމެއްގައި ސޮއި ކޮއްފަ އެވެ. މި އެއްބަސްވުމުގައިވެސް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑރ. މުއްތަލިބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން