އުގައިލް ފައުންޑޭޝަނުން ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވެފައިވާ ޕަބްލިކް ލައިބްރަރީ
އުގައިލް ފައުންޑޭޝަނުން ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވެފައިވާ ޕަބްލިކް ލައިބްރަރީ
އުގައިލް ފައުންޑޭޝަނުން ހުޅުމާލޭގައި ޕަބްލިކް ލައިބްރަރީއެއް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

އުގައިލް ފައުންޑޭޝަންގެ ބާނީ ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވީ، މި ލައިބްރަރީ އަކީ އާއްމުންނަށް ހިލޭ ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ލައިބްރަރީއެއް ކަމަށެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީއާއި އުގައިލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ހުޅުވުމަށް ތައްޔާރުވަމުންދާ މި ލައިބްރަރީގެ ބައެއް ފޮޓޯތައް މިއަދު އުގެއިލް ވަނީ ޓުވިޓަރގައި ހިއްސާކުރައްވާފައެވެ.

އިންޓަރލެކްޗުއަލް ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ މި ލައިބްރަރީ ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރޯ މޯލުގެ 3 ވަނަ ފަންގިލާގައެވެ.



ފޮތް ކިޔުމަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ލައިބްރަރީން ފޮތްކިޔުމުގެ އިތުރުން، ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ގަޔާވާ އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. ޕްރޮފެސަރ އުގެއިލް ފާހަގަކުރެވިފައިވަނީ، ދިވެހިންނާއި ގުޅުންހުރި ގިނަ ޙަރަކާތްތައް ހިލޭ ސާބަހަށް ކުރިއަށް ގެންދަވާ ފަރާތެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން