ހެންވޭރު ކިނބިގަސް މަގުގައި ހުންނަ އެންޖީބީ ރެސްޓޯރެންޓުގައި ގޭސް ފުޅިއެއްގޮވުމުގެ ސަބަބުން އެރެސްޓޯރެންޓުގެ ކައްކާއަށް ބޮޑެތި އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި އެސަރަހައްދުގައި މިވަގުތު ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ގޭސްފުޅި ގޮވުމުގެ ސަބަބުން ރެސްޓޯރެންޓުގައި މަސައްކަތްކުރަމުންދިޔަ ސްރީ ލަންކާ ކައްކާއަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނިގޮތުގައި މިހާދިސާގައި އިތުރު ދެ މީހަކަށްވެސް އެކިވަރުގެ އަނިޔާލިބިފައިވެ އެވެ. ބައެއް މީޑިޔާތަކުން ބުނެފައިވަނީ މީ ދެ ދިވެހި އަންހެނުންކަމަށާއި އެ ދެ މީހުންނަށް މިވަގުތު އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު