އަމިއްލަ ދައުލަތެއް ގާއިމު ކުރުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް އޮންނަން ޖެހޭކަން އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.
އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް ދެ ދައުލަތެއް ގާއިމުކުރުމުގެ ހައްލު ބަލައިގަތުމަށް ދެކޮޅު ހަދައިގެން، ފަލަސްތީންގެ ރައްޔިތުންނަށް މިިނިވަން ދައުލަތެއްގެ ހައްގު ލިބިދިނުމަށް އިންކާރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ގުޓަރޭޒް ވިދާޅުވިއެވެ.
ގުޓަރޭޒް މިފަދައިން ވިދާޅުވެފައި ވަނީީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޓޫ ސްޓޭޓް ސޮލިއުޝަންގެ ހުށަހެޅުމަށް އިންކާރުކޮށްފައި ވާތީއެވެ. ނަތަންޔާހޫ ވަނީ އޭނާގރ ރަހުމަތްތެރި ޖޯ ބައިޑަން ހުށައެޅުއްވި މި ޚިޔާލަށް ސާފުކޮށް ދެކޮޅު ހަދާފައެވެ. މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމަށްފަހުވެސް އިޒްރޭލުގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި ފަލަސްތީން ބާއްވަން ގަސްދުކުރާ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
ހަމާސްއަކީ ނިރުބަވެރި ޖަމާއަތެއް ކަމަށް ގަބޫލުކުރެއްވި ނަމަވެސް ގުޓަރޭޒް އަކީ ފެށުނީއްސުރެ ފަލަސްތީން ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރަށްވާ ބޭފުޅެކެވެ. އދގެ އެންމެ އިސް މަސްއޫލުވެރިޔާ ފަލަސްތީންގެ ޙައްޤުގައި ވަކާލާތުކުރެއްވުމަކީ އިޒްރޭލަށް ގަބޫލުކުރަން ދަތިކަމެކެވެ.
އެހެންވެ، މިދިޔަ އަހަރުގެ ތެރޭގައި އެޤައުމުގެ އަސްކަރިއްޔާއިން ވަނީ ގުޓަރޭޒް އިޒްރޭލަށް އައުމަށް ދައުވަތު އަރުވާފައެވެ. އިޒްރޭލުގެ ދައުވަތަށް އިޖާބަދެއްވި ގުޓަރޭޒް ކުރިމަތީގައި ފަލަސްތީން ގޯސްކުރަން އިޒްރޭލުގެ އަސްކަރިއްޔާއިން މަސައްކަތްކޮށްފައި ވެއެވެ. އެދަތުރުފުޅުގައި ހަމާސްއަކީ ގޯސް ޖަމާއަތެއް ކަމަށް ގުޓަރޭޒް ގަބޫލުފުޅު ކުރައްވާފައި ވެސް ވެއެވެ. އެހެން ނަމަވެސް، ފަލަސްތީނާއި ދޭތެރޭ އޭނާ ދެކިވަޑައިގަންނަވާ ގޮތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
"ޣައްޒާގެ މީހުން މަރުވަމުންދަނީ ހަމައެކަނި ބޮމާއި ވަޒަންތަކަކުން ނޫން. ކާނާއާއި ސާފު ފެން ނެތުމާއި، ކަރަންޓާއި ބޭސް ނުލިބި ހޮސްޕިޓަލްތައް ނެތިފައިވާތީވެސް ޣައްޒާ ރައްޔިތުން ދަނީ މަރުވަމުން. މިކަން ހުއްޓާލަން ޖެހޭ. ވަގުތުން މި ހަނގުރާމަ ހުއްޓާލައި، ރަހީނުކޮށްފައިވާ ހުރިހާ މީހުން ޝަރުތުތަކާ ނުލައި ވީހާވެސް އަވަހަށް ދޫކޮށްލުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރަން." ގުޓަރޭޒް ވިދާޅުވެފައި ވެއެވެ.

The refusal to accept the two-state solution for Israelis and Palestinians, and the denial of the right to statehood for the Palestinian people, are unacceptable.
— António Guterres (@antonioguterres) January 21, 2024
The right of the Palestinian people to build their own state must be recognized by all.
ގުޓަރޭޒް މިފަދައިން ވިދާޅުވެފައި ވަނީީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޓޫ ސްޓޭޓް ސޮލިއުޝަންގެ ހުށަހެޅުމަށް އިންކާރުކޮށްފައި ވާތީއެވެ. ނަތަންޔާހޫ ވަނީ އޭނާގރ ރަހުމަތްތެރި ޖޯ ބައިޑަން ހުށައެޅުއްވި މި ޚިޔާލަށް ސާފުކޮށް ދެކޮޅު ހަދާފައެވެ. މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމަށްފަހުވެސް އިޒްރޭލުގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި ފަލަސްތީން ބާއްވަން ގަސްދުކުރާ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
ހަމާސްއަކީ ނިރުބަވެރި ޖަމާއަތެއް ކަމަށް ގަބޫލުކުރެއްވި ނަމަވެސް ގުޓަރޭޒް އަކީ ފެށުނީއްސުރެ ފަލަސްތީން ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރަށްވާ ބޭފުޅެކެވެ. އދގެ އެންމެ އިސް މަސްއޫލުވެރިޔާ ފަލަސްތީންގެ ޙައްޤުގައި ވަކާލާތުކުރެއްވުމަކީ އިޒްރޭލަށް ގަބޫލުކުރަން ދަތިކަމެކެވެ.
އެހެންވެ، މިދިޔަ އަހަރުގެ ތެރޭގައި އެޤައުމުގެ އަސްކަރިއްޔާއިން ވަނީ ގުޓަރޭޒް އިޒްރޭލަށް އައުމަށް ދައުވަތު އަރުވާފައެވެ. އިޒްރޭލުގެ ދައުވަތަށް އިޖާބަދެއްވި ގުޓަރޭޒް ކުރިމަތީގައި ފަލަސްތީން ގޯސްކުރަން އިޒްރޭލުގެ އަސްކަރިއްޔާއިން މަސައްކަތްކޮށްފައި ވެއެވެ. އެދަތުރުފުޅުގައި ހަމާސްއަކީ ގޯސް ޖަމާއަތެއް ކަމަށް ގުޓަރޭޒް ގަބޫލުފުޅު ކުރައްވާފައި ވެސް ވެއެވެ. އެހެން ނަމަވެސް، ފަލަސްތީނާއި ދޭތެރޭ އޭނާ ދެކިވަޑައިގަންނަވާ ގޮތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
"ޣައްޒާގެ މީހުން މަރުވަމުންދަނީ ހަމައެކަނި ބޮމާއި ވަޒަންތަކަކުން ނޫން. ކާނާއާއި ސާފު ފެން ނެތުމާއި، ކަރަންޓާއި ބޭސް ނުލިބި ހޮސްޕިޓަލްތައް ނެތިފައިވާތީވެސް ޣައްޒާ ރައްޔިތުން ދަނީ މަރުވަމުން. މިކަން ހުއްޓާލަން ޖެހޭ. ވަގުތުން މި ހަނގުރާމަ ހުއްޓާލައި، ރަހީނުކޮށްފައިވާ ހުރިހާ މީހުން ޝަރުތުތަކާ ނުލައި ވީހާވެސް އަވަހަށް ދޫކޮށްލުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރަން." ގުޓަރޭޒް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު