ހުޅުމާލޭ ފޭސް އެކެއްގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލިން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަޜޭޝަން، އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަގު ޗާޓްގެ ދަށުން ފޭސް އެކެއްގެ ސޯޝަލް ހައުސިންގ ޔުނިޓްތަކަށް ކުލިން ކޮންމެ މަހަކުވެސް 20 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި ޑިސްކައުންޓް ދެވިގެންދާނީ މާދަމާއިން ފެށިގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އަދި މަހު އިންސްޓޯލްމަންޓްގެ ގޮތުގައި މެއިންޓެނަންސް ނުވަތަ މެނޭޖްމަންޓް ފީ ނުހިމަނައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އަދަދުން، 20 އިންސައްތަ އުނިވާގޮތަށް ކުރިއަށް އޮތް ތަނުގައި ކޮންމެ މަހެއްގައިވެސް އަމަލުކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ސަރުކާރުން ވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓްތަކުގެ ކުލިން ވެސް ބޮޑު ޑިސްކައުންޓެއް ދީފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ14ގެ މަގު ޗާޓްގެ ދަށުން، ފޭސް އެކެއްގެ ސޯޝަލް ހައުސިންގް ޔުނިޓް ތަކުގެ ކުލީގެ އަދަދުން ކޮންމެ މަހަކުވެސް %20 ޑިސްކައުންޓެއް ދިނުމަށް މި ކޯޕަރޭޝަނުން ވަނީ ނިންމާފަ.@presidencymv #ހަފްތާ14#އެޗްޑީސީއާއެކު pic.twitter.com/z5cOUXAfko
— Housing Development Corporation (@hdcmaldives) January 31, 2024
މި ޑިސްކައުންޓް ދެވިގެންދާނީ މާދަމާއިން ފެށިގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އަދި މަހު އިންސްޓޯލްމަންޓްގެ ގޮތުގައި މެއިންޓެނަންސް ނުވަތަ މެނޭޖްމަންޓް ފީ ނުހިމަނައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އަދަދުން، 20 އިންސައްތަ އުނިވާގޮތަށް ކުރިއަށް އޮތް ތަނުގައި ކޮންމެ މަހެއްގައިވެސް އަމަލުކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ސަރުކާރުން ވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓްތަކުގެ ކުލިން ވެސް ބޮޑު ޑިސްކައުންޓެއް ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު