މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، އާޓިފިޝަލް ބީޗްގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރޭގެ ވަގުތެއްގައި ހުށައަޅާފައިވާ ކަމަށެވެ.

އެހެންކަމުން، އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް، މިފަދަ މައްސަލައެއް ހިނގިކަމުގެ ވާހަކަތަކެއް އެކްސްގައި ވަނީ ދައުރުވެފައެވެ.

އެގޮތުން އެ މީހާއަކީ މީގެ ކުރިންވެސް ގެވެށި އަނިޔާ ތަހައްމަލު ކޮށްފައިވާ މީހެއްކަމަށާއި ރޭ އެ އަމަލު ހިންގިއިރު ވެސް އެތައް ބަޔަކު ބަލަންތިބެ އެކަން ހުއްޓުވަން މަސައްކަތް ނުކުރާކަމަށް އެ ޕޯސްޓްގައި ލިޔެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން