މީހަކު ރަހީނުކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ރަހީނު ކުރުމުގެ މި މައްސަލާގައި ހައްޔަރުކުރީ 35 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނެކެވެ.
ފުލުހުން މި ދެ މީހުންގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، ފޭރުމުގެ ތުހުމަތެވެ.
މި ދެމީހުން ހައްޔަރުކޮށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފުލުހުން ހުށައަޅާފައިވާ ހެކިތަކަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ޤާޟީ މުޙައްމަދު މިޞްބާޙް މިގޮތަށް އަމުރުކުރެއްވީ އެމީހުންގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުމެއް ލިބިދާނެ ކަމަށް ޓަކައެވެ.
ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ ހެކި ފުލުހުން ވަނީ ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު