ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނަށް އަމާޒުކޮށް 4 ކޯހެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް މިކަން ހާމަކުރެއްވީ، ޢާއްމުންނަށް ސީދާ ވަޒީރަށް ސުވާލު ކުރެވޭގޮތަށް ރޭ ކުރިއަށް ގެންދިޔަ ފޭސްބުކް ލައިވްގައި ޢާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތްތައްތައް ކުރިއަށް ގެންދަވަނީ ދަޢުލަތުގެ އެހެނިހެން ވުޒާރާތަކުގެ އެހީތެރިކަމާ އެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރޭގެ ސެޝަންގައި މިނިސްޓަރ ވަނީ ޕޮލިޓެކްނިކާއި ގުޅިގެން ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް އަމާޒުކޮށްގެން 4 ކޯހެއް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރަށްވާފައެވެ. އެކަމުގެ ބޭނުމަކީ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވާ ނަފްސާނީ ނުތަނަވަސްކަމުން އަރައިގަންނާނެ އިތުރު މަގެއް ފަހިކޮށްދެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި މިނިސްޓަރ ވަނީ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 29 މީހަކު އަނބުރާ އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވެފައެވެ. އަދި ކޮންމެ މީހަކީވެސް އުފާވެރި އަބުރުވެރި ރީތި ދިރިއުޅުމެއް ޢާއިލާއާއިއެކު އުޅުމުގެ ހައްޤު ލިބިގެންވާ މީހެއް ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން