ބިގްމޭން ހުންނަ ޢިމާރާތް
ބިގްމޭން ހުންނަ ޢިމާރާތް
ޗާންދަނީމަގު ބިގްމޭން ހުންނަ ޢިމާރާތުގެ 9 ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެއެވެ.

އެމީހާ ވެއްޓިފައިވަނީ އެ ޢިމާރާތުގެ ސިޑިގޮޅިއަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، 9 ވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ ބިދޭސީއެއް ކަމަށް އެ ސަރަޙައްދުގައި ހުރި މީހަކު މި ނޫހަށް މަޢުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:30 ގައި ކަމަށާއި، އެމީހާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.

އެސަރަޙައްދުގައި ފުލުހުން މިހާރު ދަނީ ޙަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން