ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން މަކަރާއި ހީލަތުން 𝟓𝟎𝟎،𝟎𝟎𝟎 ރުފިޔާ ފޭރިގެންފައިވާ މައްސަލައެެއް ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ.

ފުލުހުން މިހާރު މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ބުނާއިރު ހުސްވި ހަފުތާގައިވެސް އޯޓިޕީ ހޯދައިގެން 200،000 ރުފިޔާ ބަޔަކު ފޭރިގަތް މައްސަލައެއް ފުލުހަށް ވަނީ ރިޕޯޓު ކޮށްފައެވެ.



މިކަން ހިއްސާކުރުމަށް ފުލުހުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވެ، ހީލަތްތެރިންގެ ޝިކާރައަކަށް ނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފޮނުވާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ފޭރިގަތުމުގެ މައްސަލަތައް އިތުރުވަމުންދާއިރު މިދިޔަ ބުރާސްފަތިދުވަހު ހިންގާދިޔަ މިފަދަ ފޭރުމެއްގައި ފްލެޓެއް ދޭނެ ކަމަށް ބުނެ މީހެއްގެ އަތުން 200،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. މިމައްސަލައިގައި އެފައިސާ ޓްރާންސްފަރ ކޮށްފައިވާ އެކައުންޓްތަކެއްގެ މައުލޫމާތުވެސް މީޑިއާތަކަށް ވަނީ ލިބިފައެވެ. އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިފަދަ މައްސަލަތަކަށް ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަ ނަމަވެސް، މިބާވަތުގެ ހާދިސާތައް ހިނގާ މިންވަރު މަދުނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް