އަބްދުﷲ މުހައްމަދު، ކ/ މާލެ، މއ. ކެދިފަށުވިގެ، އަދި އިސްމާޢީލް ޝިމާމް، ކ. މާލެ / މއ. ޑޯރެންސީވިލާ،
އަބްދުﷲ މުހައްމަދު، ކ/ މާލެ، މއ. ކެދިފަށުވިގެ، އަދި އިސްމާޢީލް ޝިމާމް، ކ. މާލެ / މއ. ޑޯރެންސީވިލާ،
މަކަރާއި ހީލަތުން 400 ޑޮލަރު އަތުލި މައްސަލައެއްގައި ދެމީހަކު ހޯދުމަށް ފުލުހުން އިޢުލާނު ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން 400 ޑޮލަރު ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ، އަބްދުﷲ މުހައްމަދު، ކ. މާލެ، މއ. ކެދިފަށުވިގެ އާއި، އިސްމާޢީލް ޝިމާމް، ކ. މާލެ / މއ. ޑޯރެންސީވިލާ އެވެ.

ފުލުހުންގެ އިޢުލާނުގައިވަނީ، އެ ދެމީހުން ފެބްރުއަރީ 24 ވަނަ ދުވަހު ހެނދުނު 10:00 އަށް މުލީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައެވެ.

މި ދެމީހުން ހޯދުމަށް ފުލުހުން ޢާއްމު އިޢުލާނެއް ކޮށްފައި މިވަނީ އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން